މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި ޒުވާނަކު މާލެ އިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހުގެ 31 ގައި ހައްޔަރުކުރީ ލ. ހިތަދޫ، ހަފުލާ، ޢަލީ މުފާވިޒް، 21، ކަމަށެވެ.
އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މުފާވިޒް ހައްޔަރުކޮށް، މާލޭގައި އޭނަ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެއްޗާއި 125،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏވެ.
މި މައްސަލައާ ގުޅިގެން ޢަލީ މުފާވިޒްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ކްރިމިނަލް ހާޒިރު ކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.