އިންޑިއާ އިން ރާއްޖެ އަށް މި އަހަރު އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު ދޭން ބަޖެޓުކޮށްފި އެވެ.
އެ ގައުމުން 2026-2027 އަށް ލަފާކޮށް ހުށަގެޅި ބަޖެޓް ރާއްޖެއަށް އެހީގެ ގޮތުގައި 550 ކްރޯޑް އިންޑިއާ ރުޕީސް (60 މިލިއަން ޑޮލަރު) ދޭން އޮތީ ހިމަނައިފަ އެވެ. އެކަމަކު މިއީ 2025-2026ގެ ބަޖެޓުން ރާއްޖެއިން ދިން އެހީއަށް ވުރެ ކުޑަ އަދަދެކެވެ.
މިދިޔަ އަހަރު އިންޑިއާ އިން ރާއްޖެ އަށް 600 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) ދޭން ކަނޑައެޅި އެވެ.
އިިންޑިއާގެ ބަޖެޓް ދައްކާ ގޮތުން ރާއްޖެ އަކީ އެ ގައުމުން ދެވަނަ އަށް އެންމެ ބޮޑު އެހީ ދޭ ގައުމެވެ. އިންޑިއާ އިން އެންމެ ބޮޑު އެހީ ދެނީ ބޫޓާނަށެވެ. އެ ގައުމަށް 250 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.
އިންޑިއާ އަކީ ރާއްޖެ އަށް އަބަދު ވެސް އެހީވަމުން އަންނަ އަދި ލޯނުގެ ގޮތުގައި ދޭ އެހީ ދެއްކުމުގައި ވެސް ލުއިތަކެއް ދެމުން އަންނަ ގައުމެކެވެ. ރާއްޖޭގައި މިހާތަނަށް އިންޑިއާގެ އެހީގައި ބޮޑެތި އެތައް މަޝްރޫއެއް ހިންގާފައިވާ އިރު، މިހާރު ވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ހިންގަމުން އަންނަނީ އެ ގައުމުންނެވެ.
އެ އަންނަ އަހަރު ނިންމައިލެވޭނެ ތިލަމާލެ ބްރިޖް މަޝްރޫއެވެ.