Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މި އަހަރުގެ ސާޓާ އެވޯޑްސް އަށް ހުޅުވާލައިފި

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) ގެ މި އަހަރުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދެކުނު އޭޝިއާގެ ޓްރެވެލް އެންޑް ޓޫރިޒަމް ސިނާއަތުގެ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ސާޓާ އެވޯޑުގެ ވަނަތައް ހޮވަ މި ދާއިރާގެ ތަޖުރިބާކާރުންނާއި ފަންނުވެރިންގެ މައްޗަށް އެކުލެވޭ ޚާއްސަ ޕެނަލަކުންނެވެ. މި އެވޯޑު ދެވޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ޑޮމެސްޓިކް، އިންޓަނޭޝަނަލް، އެޑްވެންޗާ އަދި އިމާޖިން ޑެސްޓިނޭޝަން ފަދަ ކެޓަގަރީތައް ހިމެނެއެވެ.

މި އަހަރުގެ އެވޯޑުތަކަށް ބައެއް ބަދަލުތައް ގެނެސް، ފުރުސަތުތައް ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. އެގޮތުން މުޅިން އަލަށް ދެ ކެޓަގަރީއެއް ތައާރަފުކޮށްފައިވެ އެވެ. އެއީ އައުޓްސްޓޭންޑިން ޝެފް އެވޯޑާއި 40 އަހަރުން ދަށުގެ ފަރާތްތަކަށް ހާއްސަ އައުޓްސްޓޭންޑިން ޔަންގް ހޮޓަލިއާ އެވޯޑެވެ.

މި އަހަރުގެ އެޑިޝަންގެ އެވޯޑްތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 25 އެވެ. ސަޓާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

މިދިޔަ އަހަރު ސްްރީ ލަންކާގައި ސެޕްޓެމްބަރު މަހު ބޭއްވި ސަޓާ އެވޯޑްސްގައި ރާއްޖެ އަށް ލަ 36 އެވޯޑެއް ލިބިފައިވެ އެވެ. އިރު، އޭގެ ތެރޭގައި 16 ގޯލްޑް އެވޯޑާއި 19 ސިލްވާ އެވޯޑް ހިމެނެ އެވެ.

ސާޓާ އެވޯޑްސް ދެމުން އަންނަނީ 2016 އިން ފެށިގެންނެވެ. މި އަހަރު ބާއްވަނީ ސާޓާ އެވޯޑްސްގެ 10 ވަނަ އެޑިޝަނެވެ.