Last Updated: June 8, 19:00
Monday, June 8, 2026
ޚަބަރު

ފެނަކައިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް އައްޑޫގައި ބާއްވަނީ

ފެނަކައިގެ ލޭ ހަދިޔާކުރުމުގެ ކެމްޕެއިން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއް ޝާމިލްވާ ގޮތަށް ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޙަރަކާތް ފަށާފައިވަނީ، މިދިޔަ ޑިސެމްބަރު 23 ގައި މާލޭ ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޙަރަކާތުންނެވެ. މި ހަރަކާތުގައި ހެޑް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެ، ލޭ ހަދިޔާ ކޮށްފައިވެ އެވެ.

ފެނަކައިން ބުނީ ލޭ ލިބުމުގައި ދަތިތަަކެއް ދިމާވެ، އާންމުންގެ އެހީއަށް ބޭނުންވެފައިވާ މި ދަނޑިވަޅާ ދިމާކޮށް، އައްޑޫގައި މި މަހުގެ 15 ގެ ކުރިން ފެނަކައިގެ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭން "ލޭފަވެތި ފެނަކަ" ކުރިއަށް ގެންދިޔުމަށް ތާވަލުކޮށް، ކެމްޕޭން ހިންގުމަށް ވާންޖެހޭ ތައްޔާރީތައް މޯލްޑިވްސް ބްލަޑް ސަރވިސް އާއި ގުޅިގެން މިހާރު ވަމުންދާ ކަމަށެވެ.

އައްޑޫގައި މި ޙަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނަކަ މުވައްޒަފުންނާއި، އާއިލާތަކުގެ އިތުރުން އާއްމުންނަށްްވެސް ބައިވެރިވެ ލޭ ހަދިޔާ ކުރެވޭ ގޮތަށް ކަމަށް ފެނަކައިން ބުންޏެވެ.