ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އައްޑޫ ހިތަދޫ، ދިއްގާގަސްދޮށުގޭ، ހަސަން ނިޔާޒް، 45، އެވެ. އޭނަ އަކީ މަސްތުވާތަކެތީގެ މައްސަލައެެއްގައި މިދިޔަ ހަފުތާގައި 25 އަހަރަށް ޖަލަށް ހުކުމްކުރި މީހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާޒް މަރުވީ ގޮޅީގެ ފާހާނާ ތެރެއަށް ވެއްޓި އެވެ. މިކަމާ ގުޅިގެން އަދި ކަރެކްޝަނާއި ފުލުހުންގެ ބަހެއް ނުލިބެ އެވެ.
ނިޔާޒަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގަ އެވެ. އެ މައްސަލައިގައި އޭނަ ކުރިން ވެސް ބަންދުގައި ތިން އަހަރާއި ދެ މަހާއި 29 ދުވަސް ހޭދަކޮށްފައިވެ އެވެ.
ހުޅުމާލޭ ޖަލުގައި މިއަދު ގައިދީއަކު މަރުވި އިރު، އެ ޖަލުގައި ޙުކުމް ތަންފީޒި ކުރަމުން ދިޔަ އެހެން ގައިދީއަކަ ވެސް މިއަދު މަރުވެފައިވެ އެވެ. ނިއުމޯނިއާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު މަރުވީ ދަފްތަރު ނރ. 439/ އިބްރާހިމް ސުޙެއިލް، 53، އެވެ.