ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒު ކުރުމަށް އެއްބަސްވުމެއްގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޠް އޮތޯރިޓީ އެންޑީއެމްއޭ) އާއި ލޯކަލް މިނިސްޓްރިއާ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު މިިނިސްޓްރީގައި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދެވެ. އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، ޗީފް އެގްޒެކްޓިވް ހިސާން ޙަސަނެވެ.
މިނިސްޓްރީން ބުނީ މި އެެއްބަސްވުމަކީ އެންޑީއެމްއޭއިން ކުރިއަށް ގެންދާ ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒު ކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން، އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމަކީ މިނިސްޓްރީ އާއި އެންޑިއޭއެމް އިން ދެމެދު މިިދިޔަ ޑިސެންބަރު މަހުގެ 10 ގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ މައްޗަށް ބިނާކޮށް، ސުނާމީ ރެޑީ ޕްރޮގްރާމް ހަރުދަނާކަމާ އެކު ކުރިއަށް ގެންދިއުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރިއަށްގެންދާ ޔުނެސްކޯ އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން، އެ އޮތޯރިޓީއާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާ ދެމެދު… pic.twitter.com/miKjAVEnBo
— Ministry of Cities, Local Government, Public Works (@MoCLPmv) February 2, 2026
މީގެ ދަށުން ސިޓީތަކާއި އަތޮޅުތަކުގައި ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓަ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތްތަކުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށް ދޭނެ ފައެވެ. އަދި ކޮމިއުނިޓީ ބޭސްޑް އިމަޖެންސީ ރެސްޕޮންސް ޓީމްތައް އެކުލަވައިލުމާއި، އެ ޓީމްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި ވެސް އެއްބާރުލުން ދޭނެ އެވެ.
އެއްބަސްވުމުގައި ހިމެނޭ ކަންކަން ހަރުދަނާ ގޮތެއްގައި ވިލަރެސް ކުރުމަށްޓަކައި ދެ މުއައްސަސާގެ ފަރާތުން ފޯކަލް ޕޮއިންޓެއް ކަނޑަޅަން ޖެހެ އެވެ. ށެވެ. މީގެ ސަބަބުން ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވިވެ، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން ދާނެ އެވެ.