އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު 'ބޯޑާ 2' ގެ ރޯލެއް ކުޅެފައިވާ ޒުވާން އެކްޓަރު އަހާން ޝެޓީ އަަސަރު ގަދަ ލޯބީގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނީ އަންނަ މަހު ނުވަތަ އެޕްރީލް ހިސާބުގައި ޝޫޓި ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ ޝާދު އަލީ ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ. އޭނަ އަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ 'ސާތިޔާ' އާއި 'ބަންޓީ އޯރް ބަބްލީ' ގެނެސްދިން ޑައިރެކްޓަރެވެ. ޝާދުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ 'މިސްޓަ މަމީ' އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ސުނިލް ޝެޓީގެ ދަރިފުޅު އަހާންއާ އެކު ޝާދު ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ އިތުރު ކާސްޓުން ހަމަޖައްސައި، ފިލްމާ ގުޅުން ހުރި އިތުރު މަސައްކަތްތައް މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
އަހާން ބޮލީވުޑަށް ތައާރަފުވީ 2021 ރޮމޭންޓިކް އެކްޝަން ފިލްމު 'ތަޅަޕް' އިންނެވެ. އެއަށް ފަހު އޭގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދެވަނަ ފިލްމަކަށް އަހާން ސޮއިކޮށް އެކަން 2024 ގެ މާޗްގައި އިއުލާންކުރި އެވެ. އެއީ އަދުނާން ޝައިހާއި ޔާސިރް ޖާ ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި 'ސާންކީ' އެވެ.
ނަމަވެސް ބަތަލާއަކަށް ޕޫޖާ ހެގްޅޭ ނެގި ފިލްމުގެ އެއްވެސް މަސައްކަތެއް މިހާތަކޮށްފައެއް ނުވެ އެވެ. 'ސާންކީ' އިއުލާންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 14 ގައި ރިލީޒް ވެސް ކުރާ ގޮތަށެވެ.