Last Updated: June 8, 19:00
Monday, June 8, 2026
ޚަބަރު

ޖަޕާނުން ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުގެ ފަރާތުން އެމްއެންޑީއެފަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި އެވެ.

މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި ރާއްޖޭގެ ފަރާތުން މި އުޅަނދާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ދިފާއީ ވަޒީރު، ޣައްސާން މަޢުމޫނެވެ.

މިއީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް" ގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ. މި އެހީގެ ސަބަބުން، ރާއްޖޭގެ ރަށްތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި އެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދިފާއީ ވުޒާރާއިން ބުންޏެވެ.

ޖަޕާނު ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުމަށް ބޭނުންވާ ޕެޓްރޯލް ބޯޓެއް ކަސްޓަމްސް އަށް ވެސް ހަދިޔާކޮށްފަ އެވެ.