Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެޗްޑީސީން އިތުރު 21 މީހަކު ގްރެޖްއޭޓްވެއްޖެ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިތުރު 21 ޒުވާނަކު ފުރިހަމަކޮށްފި އެވެ.

އެގޮތުން މިދިޔަ ފެށި ޕްރޮގްރާމްގައި ތިން ދާއިރާއަކުން ކޯސްތައް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިންސް އަދި އޮޓޯމެޓިވް މެއިންޓެނަންސް ހިމެނެ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯސްތައް ފެށީ ޖުލައި 14، 2025 ގަ އެވެ.

އެޕްރެންޓިސްޝިޕްގެ ގްރޭޖްއޭޝަން ހަފުލާ ބާއްވައި ބައިވެރިންނަށް މިހާރު ވަނީ ސެޓްފިކެޓް ވެސް ހަވާލުކޮށްފައެވެ.

ޔޫތު މިނިސްޓްރީން އެކިއެކި މުއައްސަސާތަކާ ގުޅިގެން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް ހިންގަމުންނެގެ. މީއީ ކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.

މި ޕްރޮގުރާމުގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުން ހިމެނެ އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު ހަ ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެ ވެ.