Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އިންތިހާބަށް ނުގޮސް ޕީއެންސީ އަށް 10 ގޮނޑި

އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ 10 ގޮނޑިއެއް އިންތިހާބަކަށް ނުގޮސް ވެރިކަން ކުރާ ޕީއެންސީ އަށް ކަށަވަރުވްޖެ އެވެ.

އެގޮތުން ބ. އޭދަފުށީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން، އަންހެން މެންބަރުން ތަމްސީލު ކުރައްވާ ދެ ގޮނޑި ވެސް އެ ޕާޓީ އަށް ލިބިފައިވެ އެވެ. ޕީއެންސީގެ ފަރާތުން އަންހެން ދެ ގޮނޑި އަށް ކުރިމަތިލެި ޒީމާ އިބްރާހީމް އާއި ނާޒްނީން ޔޫސުފަށް ވަނީ ގޮނޑި ކަށަރުވެފައިވެ އެވެ. އެ ދެ މީހުންނަށް ގޮނޑިތައް ކަށަވަރުވީ އަންހެން ކައުންސިލަރުންގެ ގޮތުގައި އިތުރު ބަޔަކު އެރަށުން ވާދަނުކުރާތީ އެވެ.

ޒީމާ އަކީ މިހާރު އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އެވެ. ނާޒްނީން އަކީ މިހާރު ވެސް ކައުންސިލް މެންބަރެކެވެ.

އޭދަފުށީގެ އިތުރުން އދ. ދިއްދު އާއި އެ އަތޮޅު އޮމަދޫ ކައުންސިލް ރައީސްކަމުގެ ގޮނޑިއާ އި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ވެސް ޕީއެންސީއަށް ލިބިފައިވެ އެވެ. ހއ. ބާރަށާއި އުތީމު ކައުންސިލް ރައީސްގެ ގޮނޑި ވެސް ޕީއެންސީ އަށް ވަނީ ކަށަވަރުވެފަ އެވެ. ބާރަށު ކައުންސިލްގެ ރައީސަށް ހޮވުނީ އަލީ ޝަމީމެވެ. އުތީމު ކައުންސިލްގެ ރައީސަކަށް ހޮވުނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އަބްދުالله ރަޝީދެވެ.

ކައުންސިލް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު ޕާޓީއަކީ ވެސް ޕީއެންސީ އެވެ.

ކައުންސިލް އިންތިހާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.