Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހުޅުމީދޫ ކުޅި ސަރަހައްދުގައި ރޯވެ އަނދަނީ

ހުޅުމީދޫ ކުޅި ސަރަހައްދުގައި އަލިފާން ރޯވެ، އަނދަން ފަށައިފި އެވެ.

އެ ރަށުން ވާހަކަ ދެެއްކި މީހަކު ބުނީ މިއަދު މެންދުރު ފަހު އެ ސަރަހައްދުގައި ރޯވާން ދިމާާވީ އާދަޔާހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އަލިފާންގަނޑު ބޮޑު ސަރަހައްދަަކަށް ނުފެތުރެނީސް މިހާރު ނިއްވާލާފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ބައެެއް ފަހަރު މިގޮތަށް ރޯވާން ދިމާވަނީ ހޫނު ގަދަވުމުގެ ސަބަބުން ހިކިފައި ހުންނަ ތަކެތީގައި ރޯވެގެން." އޭނާ ބުންޏެވެ

މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް ހުޅުމީދޫ ކުޅި ސަރަހައްދުގައި އެކި ފަހަރުމަތިން ރޯވެފައިވެ އެވެ. އަދި އެ ސަރަހައްދުގައި ބައެއް މީހުން ބަނގުރާ ކައްކަމުން ދަނިކޮށް ވެސް މީގެ ކުރިން ރޯވެފައިވެ އެވެ.