Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މޯލްޑިވިއަނަަށް އޭޓީއާރް އިތުރު ދެ ބޯޓު ހޯދަނީ

ފައިނޭންސް ލީސް އުސޫލުގެ ދަށުން މޯލްޑިވިއަނަށް އޭޓީއާރް މަރުކާގެ އިތުރު ދެ ބޯޓު ހޯދަން އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއުލާންކޮށްފި އެވެ.

ހޯދަން ނިންމާފައި ވަނީ އޭޓީއާރު 600-42ގެ ދެ ބޯޓެވެ.

މި ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މި އަހަރުގެ އޮގަސްޓް މަހު ފޯރުކޮށް ދޭން ޖެހޭއިރު ދެވަނަ ބޯޓު 2027 ގެ އޮކްޓޯބަރުގައި ފޯރުކޮށް ދޭން ޖެހެ އެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 12 އަށް ވަނީ ޕްރޮޕޯސަލް ހުށެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މޯލްޑިވިއަންގައި މިހާރު ވެސް އޭޓީއާރް މަރުކާގެ 5 ބޯޓު އޮވެ އެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ އޭޓީއާރް ބޯޓްތަކުން އަތޮޅުތަކުގެ ރަށްރަށުގެ މެދުގައި ދަތުރުތައް ފުޅާކުރަމުންނެވެ.