Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އެޗްޕީއޭ އަށް ޑީޖީއެއް ހޯދަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާންކުރީ ޑީޖީގެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކަރު ރިޓަޔާ ކުރައްވާތީ އެވެ.

ޑީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 11 އާ ހަމައަށެވެ.

އެ މަގާމުގެ އަސާރީ މުސާރަ އަކީ މަހަކު 21,884ރ. އެވެ. މީގެ އިތުރުން މަގާމުގެ އެލެވަންސްގެ ގޮތުގައި މަހަކު 12,534ރ. އާއި ހާޒިރީ އެލެވަންސަށް ދުވަހަކަށް 339ރ. ލިބޭނެ އެވެ.

މައިމޫނާ އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވަނީ 2016 އިިން ފެށިގެންނެވެ. އެ މަގާމަށް އޭނަ އައްޔަންކުރީ އެ އަހަރުގެ ނޮވެމްބަރު 17 ގަ އެވެ.

އެގޮތުން ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި މައިމޫމާ ވަނީ އާންމު ސިއްޙަތުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ސިއްޙީ ދާއިރާ އަށް 1990 ގައި ޚިދުމަތަށް ނުކުންނެވުމަށް ފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާވަނީ ދައުލަތަށް ސިއްޙީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވައިފަ އެވެ.