Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހައި ކޯޓަށް ރައޫފާއި ޝަފީއު އައްޔަން ކުރަނީ

ރައޫފް.

ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު، އައްޔަންކުރަން ނިންމައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އިން މިދިޔަ ޑިސެންބަރު 14 ގައި ހުޅުވާލައި އެ މަގުގެ 21 އަށް މުއްދަތު ހަމަވި އިރު 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ދެ ގޮނޑި ހުސްވީ އެ ކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު ޑިސެމްބަރު 9 ގައި ރިޓަޔާ ކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ނިންމި ރައޫފަކީ ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އޭނަ އަކީ ޕީއެންސީގެ ޓިކެޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާ އަށް ވެސް ވާދަކުރައްވާފައިވާ ބޭފުޅެކެވެ.