Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

އެޕްސްޓީން ފައިލްތަކުން ބިރުވެރި ޙަގީގަތްތަކެއް!

​ދުނިޔޭގެ މަސްރަޙަށް ބޮޑު ސިހުމެއް ގެނުވި ޖެފްރީ އެޕްސްޓީންއާއި ބެހޭ ތަޙުގީގީ ފައިލް ތަކުން ހާމަވެގެންދި ޔަ ބިރުވެރި ކަންތަކުގެ ތެރޭގައި "ތަހުޒީބީ" އަދި "ހުޅަނގުގެ އުޞޫލުތަކުގެ" ނަމޫނާގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވާ ފަރާތްތަކަކަށް އަމާޒުވެފައިވާ ބިރުވެރި ތުހުމަތުތައް ހިމެނެ އެވެ.

​މި ލިޔެކިޔުންތަކުގައި ތުހުމަތުކުރާ ގޮތުގައި، އިނގިރޭސި ރަސްގެފާނު ޗާލްސްގެ ކޮއްކޮ ޕްރިންސް އެންޑްރޫ، އެޕްސްޓީންގެ ނެޓްވޯކް މެދުވެރިކޮށް ކުޑަކުދިންނާ އެކު ޖިންސީ ގުޅުން ހިންގާފައިވެ އެވެ. ​މި ތުހުމަތުތައް މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް.ޑަބްލިއު. ބުޝްއާ ދެކޮޅަށްވެސް މި ލިޔެކިޔުންތަކުގައި ބޮޑެތި ތުހުމަތުތަކެއްކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އޭނާ ކުޑަކުއްޖަކު ރޭޕްކުރުން ހިމެނެ އެވެ.

އަދި ފެންމަތިވެފައިވާ ތުހުމަތު ތަކުގެ ތެރޭގައި "ޝައިޠާނީ" ނުވަތަ "ތަލްމޫދީ" ޢަމަލުތަކެއްގެ ތެރޭގައި ކުޑަ ކުދިން ބޭނުންކުރުން ހިމެނެއެވެ. މި ވާހަކަތަކުގެ ތެރޭގައި، ކަނޑުމަތީގައި އޮތް ޔޮޓެއްގައި، ހުޅަނގުގެ ނުފޫޒުގަދަ އެތައް ބައެއް ވެގެން އިންސާނިއްޔަތުކަމުގެ އެއްވެސް ކުލަވަރެއް ނެތް ގޮތަކަށް އިންސާނުން ކަތިލައި "ޤުރުބާންކޮށް"، ބަނޑު ފަޅައި، ގުނަވަންތައް ވަކިކޮށް މަރާލުމާއި، ލޭބުއިމާއި މިނިމަސް ކެއުންފަދަ ބިރުވެރި ޢަމަލުތަކުގެ ތުހުމަތުތައް ހިމެނެ އެވެ.

މިއީ ރަސްމީ ގޮތުން ހާމަކުރި ފައިލްތަކުގައި ހުރި ބައެއް ކަންތަކެވެ. ވީއިރު ހާމަ ނުކޮށް ހިފެހެއްޓި އެތައް މިލިއަން ފައިލްތަކުގައި ހުރި ތަކެތީގެ ނުބައި ކަމާއި ބިރުވެރިކަން ތަޞައްވުރުކޮށްލާށެވެ.

މިއީ އިންޓަނެޓުގެ އަނދިރި ކަނެއްގައި ދެކެވޭ ޔޯލަ ވާހަކަތަކެއް ނޫނެވެ. މިއީ ސިޔާސީ ނުފޫޒާއި ފައިސާގެ ބާރުވެރިކަމުގެ ބޭނުން ކޮށްގެން ފުޅާ ގޮތެއްގައި ހިންގަމުން އައި ކުޑަކުދިން ޖިންސީ ގޮތުން ބޭނުން ކުރުމާއި، އިންސާނީ ވަގުފާރި އާއި ހަށިވިއްކުމުގެ ނެޓްވޯކަކާ ގުޅޭ ގޮތުން އެމެރިކާގެ ރަސްމީ ތަޙުގީގީ އިދާރާތަކުން ކޮށްފައިވާ ތަޙުޤީޤީ ފައިލްތަކުން ފެންމަތިވެފައިވާ ތުހުމަތުތަކެކެވެ.

މިކަންތަކުން ހާމަވީ އަނެއް ކަމަކީ އިންސާނީ ޙައްގުތަކަށްޓަކައި އަބަދު ވަކާލާތު ކުރާ ގިނަ މީހުންގެ ދެފުށް ދެގޮތް ކަމެވެ.
​އަޅުގަނޑުމެންނަށް އަބަދު އިވޭ އިންސާނީ ޙައްގު ތަކާއި އަޚުލާގީ މިންގަނޑު ތަކުގެ އަޑުތައް ކޮބައި ހެއްޔެވެ؟ ތުހުމަތު ކުރެވޭ މީހަކީ މުސްލިމަކަށްވެއްޖެ ނަމަ، ނުވަތަ އިސްލާމް ދީނާ ކިރިޔާ ވެސް ގުޅުމެއް އޮތް ކަމަކަށް ވެއްޖެ ނަމަ ފެންނަ ނިމުމެއް ނެތް ކެމްޕޭންތަކާއި ކުށްވެރި ކުރުންތައް މިއޮތް ބޮޑު ކަންތަކާ ބެހޭ ގޮތުން އެގޮތަށް ނުފެންނަނީ ކީއްވެ ހެއްޔެވެ؟

"އިންސާނިއްޔަތަށްޓަކައި ކަންބޮޑުވާ" ކަމަށް އަބަދު ދަޢުވާ ކުރާ "ސެކިއުލަރިސްޓުން" ކޮބައި ހެއްޔެވެ؟

ދުނިޔޭގެ މައި ބޮޑެތި މީޑިއާތައް ​މިހާ ބޮޑު ހިމޭންކަމެއްގައި މި އޮތީ ކީއްވެގެން ހެއްޔެވެ؟ މި ހަމަހިމޭން ކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

​މި ނެޓްވޯކަކީ މުސްލިމުން ހިންގި އެއްޗަކަށް ނަމަ، މި ހިމޭންކަން ފެނުނީސް ހެއްޔެވެ؟ އިސްލާމް ދީނަށް މަލާމާތްކޮށް، އިސްލާމްދީނަށް ނަފުރަތު އޮއްސާލައި، އިސްލާމީ ތަރިކަ މުލުން ފޮހެލުމަށް އެމީހުން ގޮވާލީސް ނޫން ހެއްޔެވެ؟
މިއިން ވެސް އެނގޭ އެކައްޗަކީ މި މީހުން އިންސާނީ ޙައްގުތަކާއި، އަޚުލާގިއްޔަތާއި މޯރަލިޓީ އަށް ކުރާ ދަޢުވާ އަކީ އެއްވެސް ޙަގީގަތެއް ނެތް އެއްޗެއް ކަމެވެ. އެމީހުންގެ އިންސާނިއްޔަތުކަމަކީ އެއްވެސް ބިންގަލެއް ނެތް ލާހޫރޭ މޫސުމީ އެއްޗެއް ކަމެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.