Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެމްޓީސީސީގެ މަޝްރޫއުތަކަށް މުވައްޒަފުން ނަގަނީ

އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތަކުުގެ މަސައްކަތްތަކަށް މީހުން ހދ. އަތޮޅުގައި ނަގަން ވޯކް-އިންޓަވިއުއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި އިންޓަވިއުތައް އޮންނާނީ މި މަހުގެ 7 އާއި 8 ގަ އެވެ. އެގޮތުން ކުޅުދުއްފުށީގައި 7 ވަނަ ދުވަހު އަދި ނޮޅިވަރަމްގައި 8 ވަނަ ދުވަހު އިންޓަވިއު ކުރިއަށް ގެންދާނެ އެވެ.

އެމްޓީސީސީން ބުނީ ވަޒީފާތަކަށް މީހުން ނަގަން ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން، ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ދާއިރާއިން ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޑްރެޖް އޮޕަރޭޓަ ޓްރެއިނީ އަދި ޑްރެޖް މެކޭނިކް ޓްރެއިނީގެ މަޤާމުތަކަށް ވެސް މީހުން ނަގާނެ އެވެ.

އެމްޓީސީސީން ބުނީ މި އިންޓަވިއުތަކުގެ މައިގަނޑު މަގުސަދަކ ކުޅުދުއްފުއްޓާއި ނޮޅިވަރަން އިން ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުން ކަމަށެވެ. އަދި މިއީ، އެ ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، ކުންފުނީގެ މަޝްރޫޢުތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ.