Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ނ. އަތޮޅުގެ 3 ރަށެއްގައި ލެބްގެ ހިދުމަތް

ނ. އަތޮޅުގެ 3 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި އެވެ.

އެ ތިން ރަށަކީ މާފަރާއި މިލަދޫ އަދި މާޅެންދު އެވެ.

މި ރަށްތަކުގައި ހިދުމަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ.

މާފަރު ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީއެއް ޤާއިމް ކުރުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނެ މަގުފަހިކުރުން ކަމަށެވެ.

އެގޮތުން ލެބޯޓްރީގެ ޚިދުމަތް ގާއިމުކޮށްފައި ނެތް 76 ރަށުގައި އެ ޚިދުމަތް ގާއިމު ކުރުމަށް އޮތީ އަމާޒު ހިފައިފަ އެވެ.