Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ހަޔަ އެޑިއުކޭޝަންގެ 'ކުރި' ޕޯޓަލް ލޯންޗްކޮށްފި

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް އިފްތިތާޙްކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޯޓަލް ލޯންޗްކޮށް ދެއްވީ މިނިސްޓަރު ޑރ. ޢަލީ ޙައިދަރެވެ.

"ކުރި" ޕޯޓަލް އިފްތިތާޙްކުރުމުގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އޭނަ ވިދާޅުވީ ދަރިވަރުން އުފުލަން ޖެހިފައިވާ ތަކުލީފުތަކަށް އެ ޕޯޓަލް މެދުވެރިކޮށް ދާއީމީ ޙައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ، ރައީސް، ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ރާއްޖޭގެ ހުރިހާ މުވައްސަސާތަކެއް ޑިޖިޓަލައިޒް ކުރުމަށް "މޯލްޑިވްސް 2.0" ގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހުޅުވާލެވޭ ޕޯޓަލެއް ކަމަށް ވެސް ވިދާޅުވި އެވެ.