Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމެއް

މި ރަމަޟާން މަހު ޢުމްރާއަށް ދާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު ގްރައުންޑް ފްލޯއިންނެވެ. އަދި އެ ހިދުމަތް ލިބިގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެ އެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:

– ފެބްރުއަރީ 8 އިން 26 ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް
– ކޮންމެ އުމްރާވެރިއަކަށް ވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު
– ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ ފަސް އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ
– ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑުން

މީގެއިތުރުން ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ. އަދި އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެކަމަށްވެސް ބީއެމްއެލުން ބުނެ އެވެ.