މަހުޖަނު އީލޮން މަސްކްގެ އެކްސްގެ ފްރާންސްގެ އޮފީސް އެ ގައުމުގެ ސައިބް-ކްރައިމް ޔުނިޓުން މިއަދު ރެއިޑްކޮށްފި އެވެ.
މީޑިއާތަކުން ބުނީ އެތަން ރެއިޑްކުރީ އެކްސްގެ ދަށުން ހިންގަމުން އަންނަ އޭއައި ޗެޓްބޮޓް ގްރޮކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ގަވާއިދާ ހިލާފަށް އެއްކުރުމުގެ އިތުރަށް ކުޑަކުދިންގެ އޮރިޔާން ކާޑްގެ މައްސަލަތަކެއްގައި ކަމަށެވެ.
ފްރާންސްގެ ޕްރޮސެކިއުޓާ އޮފީހުން ބުނީ އެކްސްއާ ގުޅުން ހުރި މިފަދަ މައްސަލަތަކެއްގެ ތަހުގީގު މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އީލޮންގެ އިތުރުން އެކްސްގެ ކުރީގެ ސީއީއޯ ލިންޑާ ޔަކަރީނޯ ތަހުގީގަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ހާޒިރު ކުރަން ވެސް ނިންމާފައިވެ އެވެ.
މިކަމާ ގުޅިގެން ރަސްމީކޮށް އަދި އެކްސް އިން ވަކި އެއްޗެއް ނުބުނި ނަމަވެސް ދާދި ފަހުން މެލޭޝިއާ އާއި އިންޑޮނީޝިއާ އިން ގްރޮކް މަނާކުރި މައްސަލައިގައި އެކްސް އިން ބުނެފައި ވަނީ މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް އަޅާ ހުރެއް ކަމަށެވެ.
މެލޭޝިއާ އާއި އިންޑޮނީޝިއާ އިން ގްރޮކް މަނާކުރީ މީސްމީހުންގެ ބަރަހަނާ މަންޒަރު އުފައްދައި، ބޭއަދަބީ މުއާމަލާތްތަކެއް ހިންގާ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.