Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ބުލީއާ ދެކޮޅަށް ގްރޭޑް 10 ގެ ދަރިވަރުންނަށް ޕްރޮގްރާމެއް

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އިތުރުން ކ. އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާއާ ގުޅިގެން ފެށި ހާއްސަ ޕްރޮގްރާމެއް ކަމަށެވެ. މި މަހުގެ 2-6 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައި ދެއްވަނީ އެ ޔުނިވަސިޓީގެ ތަޖުރިބާކާރު ސީނިއާ ހަ ލެކްޗަރާއެކެވެ.

ޖުމްލަ 900 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސްކޫލް މާޙައުލުގައި ކުރިމަތިވާ ބުލީކުރުމުގެ މައްސަލަތަކަށް ދަރިވަރުން ހޭލުންތެރި ކުރުވުމާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމެވެ.

މީގެ އިތުރުން، ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި، އަދި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ އޯގާތެރި މާޙައުލަކަށް ހެދުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރުއަޅާނެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އިޖުތިމާއީ ރީތި ސިފަތައް އަށަގަނެ، ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.