Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ހިތަދޫގައި ސައިކަލްތަކެއްގައި ރޯވެ އަނދައިފި

އައްޑޫ ހިތަދޫގައި ސައިކަލްތަކެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

މި ހާދިސާ އިއްޔެ ރޭ ހިނގާފައި ވަނީ ހިތަދޫ ފްލެޓް ސަރަހައްދުގަ އެވެ. އެގޮތުން 11 ނަމްބަރު ފްލެޓް ކައިރީގައި ހުރި ދެ ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ އިއްޔެ ފަތިހު 04:10 ހާއިރު ކަމަށާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް އެކަމުގެ މައުލޫމާތު ލިބުމާ އެކު، ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަަށެވެ.

ރޯވި ސައިކަލްތައް 04:25 ހާއިރު ނިންވައިލެވުނު އިރު ހުރީ ބޭނުން ނުކުރޭ ވަރުވެފަ އެވެ. ނަމަވެސް މި ހާދިސާ ހިނގި ސަބަބެއް ސާފެއް ނުވެ އެވެ.

މި ފަހަކަށް އައިސް އައްޑޫގެ އެކި އަވަށްތަކުގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.