މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެމްއެސްޑީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރަކަށް ނޫރްބާން ފަހުމީ އައްޔަންކޮށްފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހިންގުމުގެ އެންމެ އިސް މަގާމުތަކުގެ އިތުރުން، އެމްއެސްއީގެ ޗީފް ސްޓްރެޓަޖީ އޮފިސަރަކަށާއި ދެ ކުންފުނީގެ ބޯޑަށް ވެސް ނޫރްބާން އައްޔަންކޮށްފައިވާ ކަމަށެވެ.
މި ބަދަލުތައް ގެނެސްފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ.
އެމްއެސްޑީ އާއި އެމްއެސްއީގެ ބޯޑުން މި ބަދަލުތައް ގެނައީ، އިދާރީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީކުރުން ހަރުދަނާކޮށް، ސްޓްރެޓަޖިކް އަމާޒުތަކުގެ ދަށުން ރާއްޖޭގެ ކެޕިޓަލް މާކެޓު އާ ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވެދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ބަޔާނުގައި ބުންޏެވެ.
ނޫރްބާނަކީ އެ ދެ ތަނުގައި ފާއިތުވި 7 ހަތް އަހަރުގެ ތެރޭގައި ގިނަ އިސް މަގާމުތަކެއް ފުރުއްވާއިފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ސީއޯއޯ މަގާމާއި ލީގަލް ކައުންސެލް އަދި ކޮމްޕެނި ސެކެޓްރީގެ މަގާމުގެ ހިމެނެ އެވެ. އޭނަ ކުެިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ކައުންސެލްގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ގާނޫނީ އަދި ޕަބްލިކް މެނޭޖްމަންޓު ދާއިރާއިން މަތީ ތައުމީލް ހާސިލުކުރައްވާފައިވާ ނޫރްބާނަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާމް ފަހުމީގެ ކޮއްކޮއެކެވެ.