އުރީދޫ މޯލްޑިވްސް އިން 50،000 ކަސްޓަމަރުންނަށް ޓެމޫ އިން 100 ޑޮލަރުގެ ޑިސްކައުންޓް ބަންޑަލެއް ލިބޭ އޮފާއެއް ތައާރަފުކޮށްފި އެވެ.
އުރީދޫން ބުނީ ޓެމޫއާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ކުރާ ވިޔަފާރިއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުބް އުރީދޫ އެޕް މެދުވެރިކޮށް 100 ރުފިޔާ ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗާ ބަންޑްލްއެއް ލިބޭނެ އެވެ.
އެޕް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލްއެއް ސީދާ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. މި ހާއްސަ އޮފާއާއެކު ޒަރޫރީ ސާމާނާއި ހަދިޔާތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމާއި، ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަވެ، އަތްފޯރާ ފަށުގައި ގަނެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ޓެމޫ އިން ފަހިކޮށްދޭ އާ އޮފާއާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ވަރަށް ގިނަ ދިވެހިން މިހާރު އޮންލައިން ޝޮޕިން އަށް މިސްރާބު ޖަހާފައިވާ އިރު، އުރީދޫގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.