މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ އޮންނާނެ އެވެ.
އެ ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގަ އެވެ.
އެ ޖަލްސާގައި އެޖެންޑާގައި ހަމައެކަނި އޮންނާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ރިޔާސީ ބަޔާން އިއްވުމެވެ. އެ ބަޔާނުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނު ކަންކަމާއި ގައުމު މިހާރު އޮތް ހާލަތާއި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ކަންކަން ރޭވިފައި ހުރި ކަންތައްތައް ރައީސް ހާމަކުރައްވާނެ އެވެ.
މާދަމާގެ ރިޔާސީ ބަޔާނަކީ ރައީސް މުއިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާނެވެ.