Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އުރީދޫގެ ހިއްސާގެ ފައިދާ ހޯދަން ސުންގަޑިއެއް

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 12 ގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ހިއްސާދާރުންނަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މަހު އެވެ.

އުރީދޫން ބުނި ގޮތުގައި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ އަދި ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.

އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ އެއެވެ.

އުރީދޫ މޯލްޑިވްސް އިން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މި މަހުގެ 17 ވަނަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރާނެ އެވެ. އެ ނޯޓިހާ އެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި ގަޑި އާއި ތަން އަދި އެޖެންޑާ އައިޓަމްތައް އާންމު ކުރާނެ އެވެ.