Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

މަދޫރީގެ 'މާ، ބެހެން' ގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓާއި ޓްރިޕްތީ ދިމްރީގެ 'މާ، ބެހެން' ގެ ޓީޒާ ދައްކާލައިފި އެވެ.

މިއީ މި އަހަރު ނެޓްފްލިކްސް އަށް ގެނެސްދޭން ހަމަޖެހިފައިވާ ހިންދީ ކޮންޓެންޓްގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މުމްބާއީގައި ނެޓްފްލިކްސް އިން އިއްޔެ ބޭއްވި އިވެންޓެއްގައި 'މާ، ބެހެން' ގެ ޓީޒާ ދައްކައިލި ނަމަވެސް، މި ފިލްމު ޕްރީމިއާ ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމައިލި މި ފިލްމަކީ ވިދިއާ ބަލަންގެ ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ތުމާރީ ސުލޫ" އާއި "ޖަލްސާ" ގެނެސްދިން ޑައިރެކްޓަރު ސުރޭޝް ތުރިވޭނީގެ ފިލްމެކެވެ.

"މާ، ބެހެން" ގެ ކާސްޓްގައި ރަވީ ކިޝަން އާއި ދަރްނާ ދުރުގާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ މަދޫރީ އާއި މިހާރު ބޮލީވުޑްގައި ބާރަށް ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޓްރިޕްތީ އެކީގައި މަސައްކަތްކުރި ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި މަސައްކަތްކުރި ފުރަަތަމަ ފިލްމަކީ ކާތިކް އާރިއަންގެ 2024 ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.

މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ޖިއޯހޮޓްސްޓާ އިން ގެނެސްދިން ކްރައިމް ޑްރާމާ ސީރީޒް "މިސިޒް ދޭޝްޕާންޑޭ" އިންނެވެ. ޓްރިޕްތީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 13 އަށް ތާވަލުކޮށްފައި އޮތް ޝާހިދު ކަޕޫރްގެ އެކްޝަން ތުރިލާ "އޯ، ރޯމިއޯ" އެވެ.