Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އިތުރު 10 މީހަކު މެރިކަލްޗާ ކޯސް ފުރިހަމަކޮށްފި

މި އަހަރުގެ ފުރަތަމަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ނިންމާލައި ބައިވެރިންނަށް އިއްޔެ ސެޓްފިކެޓް ދީފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 24 އިން ދެ ހަފުތާގެ މުއްދަތަށް ކ. މަނިޔަފުށީ، ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށް ގެންދިޔަ ކޯހުިގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 މީހަކު ތަމްރީނުވެފައިވެއެވެ

މި ތަމްރީން ޕްރޮގްރާމަކީ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކްއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށް ދިނުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މި ކޯހުގެ ދެ ބުރެއް ކުރިން ވެސް ހިންގާފައިވެ އެވެ.

ނަމަވެސް ފިޝަރީީޒް މިނިސްޓްރީން މިހާރު ވަނީ މީގެ ހަތަރު ކޯސް އަހަރަކު ކުރިއަށް ގެންދަން ނިންމައިފަ އެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗާގެ ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަ ދާއިރާއިން މީހުން ބިނާކުރުމެވެ.

މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 މީހަކު ތަމްރީނު ފުރިހަމަކޮށްފައިވެ އެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއިއެކު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.