ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ދެ ފިލްމެއް ނެޓްފްލިކްސް އަށް އަންނަން ތައްޔާރުވެއްޖެ އެވެ.
ނެޓްފްލިކްސް އިން އިއްޔެ މުމްބާއީގައި ބޭއްވި އިވެންޓްގައި އިއުލާންކުރި ސައިފްގެ ދެ ފިލްމަކީ "ކަރްތާވިއާ" އާއި "ހަމް ހިންދުސްދާނީ" އެވެ. މީގެ ތެރެއިން "ކަރްތާވިއާ" އަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓައިންމަންޓަށް ޕުލްކިތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މީގެ ބަތަލާ އަކީ ރާސިކާ ޑުއްގަލް އެވެ.
"ހަމް ހިންދުސްދާނީ" އަކީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމަށް ފަހު އެ ގައުމުގެ 1950 ގައި ބޭއްވި ފުރަތަމަ އިންތިހާބުގެ ތެރޭގައި ހިނގައިދާ ހާޖާނުގަނޑެއް ދައްކުވައިދޭނެ ފިލްމެކެވެ. ޝާހްރުކް ޚާންގެ 2017 ގެ ފިލްމު "ރައީސް" ގެ ޑައިރެކްޓަރު ރާހުލް ދޮލާކިއާ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސައިފާއި ޝާހްރުކްގެ 2003 ގެ "ކަލް ހޯ ނަ ހޯ" ގެ ޑައިރެކްޓަރު ނިކިލް އަދުވާނީގެ ކުންފުނި، އެންމޭ އެންޓަޓައިންމަޓުން ނެޓްފްލިކްސްއާ ގުޅިގެން ހަދާފައިވާ ފިލްމެކެވެ.
"ހަމް ހިންދުސްދާނީ" ގެ ކާސްޓްގައި ޕްރަތީކް ގާންދީ ވެސް ހިމެނެ އެވެ.
ސައިފްގެ ދެ ފިލްމެއް ނެޓްފްލިކްސް އަށް އަންނަން ތައްޔާރުވެފައިވާ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ ވެސް ނެޓްފްލިކްސްގެ ފިލްމެކެވެ. އެއީ މިދިޔަ އަހަރުގެ ހެއިސްޓް އެކްޝަން ތުރިލާ "ޖުވެލް ތީފް" އެވެ.
މީގެ 10 އަހަރު ކުރިން އިންޑިއާގެ ކޮންޓެންޓްތައް ނެޓްފްލިކްސް އިން ގެނެސްދޭން ފެށި އިރު، ސައިފަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރެއިން އެންމެ ފުރަތަމަ ނެޓްފެލިކްސްގެ ސީރީޒެއް ކުޅުނު އެކްޓަރެވެ. އެއީ ދެ ސީޒަނަކަށް 2018-2019 އަށް ގެނެސްދިން "ސެކްރެޑް ގޭމްސް" އެވެ.
މި އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވޭ ސައިފްގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ތުރިލާ "ހައިވާން" އެވެ.