Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ޕަރިނީތީގެ ފުރަތަމަ ސީރީޒްގެ ދައްކައިލުމެއް

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ ފުރަތަމަ ވެބް ސީރީޒް "ތަލާޝް: އަ މަދާސް ސާޗް" ގެ ޓީޒާ ދައްކާލައިފި އެވެ.

ނެޓްފްލިކްސް އަށް ގެންނަން ހަމަޖެހިފައިވާ މި ސީރީޒަކީ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ރެންސިލް ޑި ސިލްވާ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. ރެންސިލް އަކީ ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރްގެ 2009 ގެ ފިލްމު "ގުރްބާން" އާއި އިމްރާން ހާޝިމީ އާއި ކަންގަނާ ރަނާވަތުގެ 2014 ގެ ފިލްމު "އުނގްލީ" ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2021 ގެ "ޑަޔަލް 100" އެވެ.

ދަރިއަކު ގެއްލިގެން މަޔަކު ކުރާ މަސައްކަތާއި އެކަމުގެ ކުރިމަތިލާން ޖެހޭ ހިތްދަތި ގޮންޖެހުންތައް ދައްކުވައި ދޭނެ "ތަލާޝް" ގެ ކާސްޓްގައި ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން، ސުމީތު ވިއާސް، ޖެނިފާ ވިންގެޓް، އަނޫޕް ސޯނީ، ތާހިރު ބާސީން، ހަރްލީން ސޭތީ އަދި ދުރޫވް ޗައުދަރީ ހިމެނެ އެވެ.

ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ އަދި މިދިޔަ ދަރިޔަކު ވެސް ލިބިފައިވާ ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ 2024 ގައި ނެޓްފްލިކްސް އިން ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ.

"ތަލާޝް: އަ މަދާސް ސާޗް" ޕްރީމިއާ ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.