Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކުރަނީ

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އާއި އެ މިނިސްޓްރީ ގުޅިގެން ފަށާފައި ކަމަށެވެ. އަދި އަމާޒަކީ ރޯދަ މަހުގެ ކުރިން ހައްލުވޭތޯ މަސައްކަތް ކުރުން ކަމުގައި ވިދާޅުވި އެވެ.

"މިދިޔަ އަހަރު އޭސީ ނިޒާމު މައްސަލަ ޖެހިގެން ހައްލުތަކެއް ގެނައި. ނަމަވެސް އެކަން ދެމިގެނެއް ނުދިޔަ އަޅުގަނޑުމެން މަސައްކަތްކުރަމުން ދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކުރަން," މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރު އަޅަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 14 މިލިއަން ޑޮލަރަކީ ސައުދީގެ ހިލޭ އެހީ އެވެ. ބާކީ ހަރަދުކުރީ ދިވެހި ސަރުކާރުންނެވެ.