Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހިތަދޫގައި މަސްދަޅު ކޭސް ބަހަން މާދަމާ ފަށަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް އައްޑޫ ސިޓީ ހިތަދޫގައި މާދަމާ ފެށުމަށް ނިންމައިފި އެވެ.

އައްޑޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިން މަސްދަޅުކޭސް ހިތަދޫގެ ގޭބިސީތަކަށް ދޫކުރުމުގެ މަސައްކަތް މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަސްދަޅު ކޭސް ހޯދުމަށް mascase.adducity.gov.mv ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްފަހު ލިބޭ ކިއުއާރު ކޯޑާއިއެކު އައުމަށް ވަނީ އެދިފަ އެވެ. މަސްދަޅުކޭސްތައް ދޫކުރުމަށް ހަމަ ޖެހިފައިވަނީ ހިތަދޫ އަވަށު އޮފީހުނާއި ހިތަދޫ ކޮމިއުނިޓީ ސެންޓަރުންނެވެ.

މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

5 ފެބުރުވަރީ 2026 (ބުރާސްފަތި) – 09:00 އިން 18:00 އަށް އަދި 20:00 އިން 23.00 އަށް
6 ފެބުރުވަރީ 2026 (ހުކުރު) -14:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް
7 ފެބުރުވަރީ 2026 (ހޮނިހިރު) – 09:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް