ޓައިވާނުގެ މަޝްހޫރު ބަބްލް ޓީ ވިއްކާ އޯޝަން ބަބަލްސްގެ އައުޓްލެޓެއް އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑުގައި ހުންނަ މި އައުޓްލެޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 ގަ އެވެ. މި އައުޓްލެޓް ހުޅުވުމަށް ބާއްވާ އިވެންޓުގައި މަޝްހޫރު ރޮބޯމޭންގެ ހާއްސަ ހުށަހެޅުންތަކެއް ވެސް ފެނިގެންދާނެ އެވެ.
އޯޝަން ބަބްލްސް އަކީ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ ތަނެކެވެ. މިގޮތުން އެ ތަނުގެ ހުރިހާ އުފެއްދުމެއް އެތެރެކުރަނީ ޓައިވާނުގެ އެންމެ މަޤުބޫލު ފްރެންޗައިޒަށްވެސް އިންގްރިޑިއެންޓްސް ތައްޔާރު ކުރާ ކާރުހާނާއިންނެވެ.
އޯޝަން ބަބްލްސް އިން މައުލޫމާތު ދިންގޮތުގައި އެތަނުން ގިނަ އަދަދެއްގެ ރަހަތަކުގެ ބުއިންތައް ލިބޭނެ އެވެ.
މި ތަނުގެ އައުޓްލެޓް މާލެ އަދި ހުޅުމާލޭގައި ހުރެ އެވެ. މާލޭގައި ހުންނަ އޯޝަން ބަބަލްސްގެ އައުޓްލެޓަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާވާ ރޮބޮޓަކުން ހިދުމަތްދޭ ތަނެވެ.