Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ބާރުވެރިކަން ހޯދެން އޮތީ ސަރުކާރު ބަލިކޮށްގެން

އަލުން އަނބުރާ ރައްޔިތުންގެ ބާރުވެރިކަން ހޯދެން އޮތީ ކައުންސިލް އިންތިހާބުގައި ސަރުކާރު ބަލިކޮށްގެން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެންމެފަހުން ޒިޔާރަތް ކުރި ހުވަދު އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކުން ވެސް ފެންނަނީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ. އެގޮތުން މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށާއި ކައުންސިލްތަކުގެ މަސައްކަތްތަކަށް ދަތިތައް ކުރިމަތިކޮށް ރަށު ތަރައްގީއަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އަދި އަލުން އަނބުރާ ރައްޔިތުންގެ ބާރުވެރިކަން ހޯދެން އޮތީ ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބަލިކޮށްގެން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"އެކަން ކުރުމަށް ގއ.އަތޮޅު އޮތީ ބޯކޮށް ތިލަފަތަށް ވޯޓު އަޅަން ހޭވައްލާ ތައްޔާރަށް،" ފައްޔާޒު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.