Last Updated: June 27, 17:39
Saturday, June 27, 2026
ކުޅިވަރު

ފަރެސް މާތޮޑާ ދެބެއިން އީގަލްސްއަށް!

އީމާން ފޭދޫ ޓީމްގެ ޑިފެންޑަރު އައްސަދު ކައިރިން ނައްޓާލަނީ.

މިނިވަން 50 ޗެމްޕިއަންޝިޕްގެ ރަނައަޕް ގދ. ފަރެސް މާތޮޑާ ޓީމްގެ އެއްމާބަޑު ދެ ފޯވަޑުން ކްލަބް އީގަލްސްއަށް ސޮއިކޮށްފިއެވެ.

މިނިވަން 50 މުބާރާތުގައި މޮޅަށް ކުޅެ، ސެމީފައިނަލްގައި ބ. އޭފަފުށީ ކޮޅަށް ހެޓްރިކް ހެދި އިހްސާން އަލީ އާއި އީމާން އަލީ އީގަލްސްއަށް ސޮއި ކުރިކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިހްސާން އާއި އީމާން ވަނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އީމާންގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.

އީމާން ފައިނަލް މެޗްގައި މޮޅު ކުޅުމެއްދެއްކި. އީގަލްސްއަށް މިހާރު ވަނީ ސޮއިކޮށްފައި
އީމާން ފައިނަލް މެޗްގައި މޮޅު ކުޅުމެއްދެއްކި. އީގަލްސްއަށް މިހާރު ވަނީ ސޮއިކޮށްފައި

ފަރެސް މާތޮޑާގެ ކޯޗު މުބާރާތުގެ ސެމީ ފައިނަލް މެޗަށް ފަހު ބުނީ އިހްސާން އާއި އީމާން އަކީ މޮޅު ދެ ކުޅުންތެރިންކަން އެ މީހުން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ.

މިނިވަން 50 މުބާރާތުން މޮޅު ކުޅުންތެރިންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ފޭދޫ ޓީމްއަށް މުބާރާތުގެ ތަށި ހޯަދއިދިން ލަނޑު ޖެހި ފޭދޫގެ އިބްރާހިމް މަހުދީ ހުސެއިން އަށް ފުރަތަމަ ޑިވިޝަން ޓީމްތަކުން ފާރަލަމުން އަންނަ އިރު އޭނާ އިތުރު ޓީމަކަށް ދާން ބޭނުން ނުވާކަމަށް ވަނީ ހަބަރުލިބިފައެވެ.

މުބާރާތުގައި މަހުދީ ޖެހި ލަނޑަށް ގިނަ ބައެއްގެ ތައުރީފް އޮހެމުން އަންނަ އިރު އޭނާއަކީ އައްޑޫއަށާއި ދިވެހި ގައުމަށް ފަހުރުވެރިވަނަ ތަކެއް ހޯދައިދެވޭނެ ހުނަރު ހުރި ކުޅުންތެރިއެއްކަމަށް ދިވެހި ފުޓްބޯޅައިގެ ތަޖްރިބާ ކާރުން ދަނީ ބުނަމުންނެވެ.