Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

29 ރަށެއްގެ ސްކޫލްތަކެއްގެ މަސައްކަތް ތިން ކުންފުންޏަކަށް

ރާއްޖޭގެ 29 ރަށެއްގެ ސްކޫލްތަކަށް އިތުރުކުރާ ބައިގެ މަސައްކަތް ތުން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީް އިއްޔެ އެ މަސައްކަތްތައް ހަވާލުކުރި ތިން ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން 19 މަޝްރޫޢެއް އެފްޑީސީއާ ހަވާލުކޮށްފައިވާއިރު، އާރްޑީސީއާ ހަ މަޝްރޫޢެއް އަދި އެމްޓީސީސީ އާ ހަތަރު މަޝްރޫޢެއް ހަވާލުކޮށްފައިވެ އެވެ.

އެފްޑޫސީއާ ހަވާލުކުރި މަޝްރޫތަކުގެ ތެރޭގައި ހިމެނެނި ގއ. އަތޮޅުގެ ފަސް ރަށެއްގެ ސްކޫލާއި ގދ. އަތޮޅުގެ ތިން ސްކޫލެއްގެ މަސައްކަތާއި ހއ. އަތޮޅުގެ ހަތަރު ސްކޫލެއްގެ މަސައްކަތާއި ރ. އަތޮޅުގެ ފަސް ސްކޫލެއްގެ މަސައްކަތާއި ދ. އަތޮޅުގެ ދެ ސްކޫލެއްގެ މަސައްކަތެވެ.

އާރުޑީސީއާ ހަވާލުކުރީ، ހއ. އަތޮޅުގެ ދެ ސްކޫލާއި ރ. އަތޮޅާއި ކ. އަތޮޅުގެ ދެ ސްކޫލެއްގެ މަސައްކައްތަކެވެ.

އެމްޓީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ރ. އަތޮޅުގެ ސްކޫލަކާއި ގދ. އަތޮޅުގެ ސްކޫލަކާއި ށ އަތޮޅުގެ އިތުރުން ފ. އަތޮޅުގެ ސްކޫލެއްގެ މަސައްކަތް ހިމެނެއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން 29 ސްކޫލެއްގެ 115 ކްލާސްރޫމް އިތުރުކުރުމާއި 19 މަލްޓިޕާޕަސް ހޯލާއި 219 ކިޔަވައިދި ދިނުމާ ގުޅުން ހުރި އިތުރު ފެސިލިޓީތައް ގާއިމުކުރާނެ އެވެ.