ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.
ކުރިމަަތިލާން އަލުން ހުޅުވައިލީ 34 މީހުން ހޯދުމަށެވެ. ނަމަވެސް ކުރިން ދިން މުއްދަތުގައި އެ އަދަދަށް އެ އަދަދަށް އެޕްލިކޭޝަން ލިބިފައި ނުވާތީ މުއްދަތު އިތުރުކުރީ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.
އެގޮތުން ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 12 އާ ހަމައަށް ހުޅުވާލައިފަ އެވެ
ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމުގެ މުސާރައަކީ މަހަކު 17،175ރ، އެވެ.
މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި 18-35 އަހަރާ ދެމެދުގެ މީހަކަށްވުމާއި ފިރިހެނަކު ނަމަ އިސްކޮޅުން 05 ފޫޓް 03 އިންޗި، އަދި އަންހެނަކު ނަމަ އިސްކޮޅުން 05 ފޫޓް ހަމަވުމާއި އަދި ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.