Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރިޔާސީ ބަޔާން އިއްވާ އިރު، އެމްޑީޕީން ކަށިގަނޑު ފުމެނީ

އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ކަށިގަނޑު ފުމުންތަކުގެ އަޑާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަމުން އެބަ ގެންދަވަ އެވެ.

ރައީސް ބަޔާން ދެއްވަން ފެއްޓެވުމާ އެކު އެމްޑީޕީގެ މެންބަރުން އިހުތިތާޖު ކުރެއްވުމުގެ ގޮތުން ކަށިގަނޑު ފުމެ އަޑުގަދަ ކުރެއްވުގެ އިތުރަށް، ތަފާތު އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ބޯޑްތަކާ އެކު ރައީސްގެ ކުރިމައްޗަށް ހުއްޓިވަޑައިގެން ވެސް އިހުތިތާޖު ކުރައްވާފައިވެ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން އިއްވައި މަޖިލީހުން ނުކުމެވަޑައިގަތުމަަށް އަންގަވައިފަ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ބުނީ ކުރީގެ ރިޔާސީ ބަޔާންތަކުގައި ރައީސް މުހައްމަދު މުއިއްޒު ދައްކަވާފައިވާ ގިނަ ވާހަކަތަކަކީ ދޮގު ކަމަށާއި ވައުދުވީ ގޮތަށް ގިނަ މަސައްކަތްތަކެއް ނުހިނގާ ކަމަށެވެ. އަދި ފާއިތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެފައި ހުރި އެއްވެސް ކަމެއް ހިނގާފައި ނެތް ބުނެފައިވެ އެވެ.