'ހައުސްވައިފް' ކިޔާ ފިލްމަކަށް އާލިއާ ބަޓް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމުގެ ޑައިރެކްޓަރަކީ އަޖޭ ދޭވްގަންގެ 'ޑްރިޝަމް 2' ގެ ޑައިރެކްޓަރު އަބީޝެކް ޕަތަކް ކަމަށެވެ. އޭނަ މިހާރު އަންނަނީ މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އޭގެ ތިން ވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ.
މީޑިއާތަކުން ބުނީ 'ހައުސްވައިފް' ގެ މަސައްކަތް އަބީޝެކް ފަށާނީ 'ޑްރިޝަމް 3' ގެ ހުރިހާ މަސައްކަތްތަކެއް ނިންމައިލުމަށް ފަހު ކަމަށެވެ. މި ފިލްމަކީ އޭނަގެ އާއިލީ ފިލްމު ކުންފުނި ޕެނަރޯމާ ސްޓޫޑިއޯސް އާއި އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އިޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ.
މީގެ ބަތަލަކަށް ނަގާނީ ރާޖްކުމާރު ރާއޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ 'ހައުސްވައިފް' ވާނީ ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު އާލިއާއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.
އާލިއާގެ ކުންފުނީގެ އެންމެ ފަހުގެ ފިލްމަކި އޭނަގެ ވެސް އެންމެ ފަހުގެ ފިލްމު ކަމަށްވާ 2024 ގެ އެކްޝަން ތުރިލާ 'ޖިގްރާ' އެވެ.
ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލާގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ 'އަލްފާ' އާއި ސަންޖޭ ލީލާ ބަންސާލީގެ 'ލަވް އެންޑް ވޯ' އެވެ. މި ދެ ފިލްމު ވެސް ރިލީޒް ކުރާނެ ތާރީހުތަކެއް އަދި އިއުލާނެއް ނުކުރެ އެވެ.