Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ޓޫރިސްޓުންނާ އެކު ލޯންޗެއް ބަންޑުން ޖަހާލައިފި

ކ. ގުޅީފަޅު ކައިރިން ދަތުރު ކުރަމުން ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، "ބުލެޓް ސްޕީޑް" ނަމަކަ ށްކިޔާ އެ ލޯންޗުން ދަތުރުކުރަމުން ދިޔަ ނުވަ ޓޫރިސްޓުންނާއި، ދެ ފަޅުވެރީން އަދި ލޯންޗުގެ ކެޕްޓަން ކަނޑުވެފައި ތިއްބައި ފުރަތަމަ ނެގީ، އެ ސަރަހައްދުން ދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށެވެ.

އޭގެ ފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާއެކު މާލެއަށް ގެނެސްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވެސް އެމްއެމްޑީއެފުން ބުންޏެވެ.