Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ސްކޭމަކާ ގުޅިގެން ބިދޭސީއަކު ހައްޔަރަށް

ސްކޭމެއްގެ މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސްކޭމްކޮށްގެން ހޯދި ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާ ކުރުވައި، އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރީ ހަސަން ކިޔާ 28 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށް ބުނެ މީހަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެ މިހާ އަތުން ފައިސާ ހޯދައި، އެހެން މީހެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. އަދި ހަސަނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ކަމަށާއި އޭނަ ފައިސާ ނަގާފައި ވަނީ ވޯކްޕާމިޓް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހަސަނުގެ ބަަންދަށް ކޯޓުން ވަނީ 15 ދުވަަސް ޖަހައިފަ އެވެ.

ފުލުހުން ބުނީ ބިދޭސީ މަސައްކަތްތެރިއެއްގެ މިފަދަ ސްކޭމްގެ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމައިމިގްރޭޝަނާ އެ މީހަކު ހަވާލު ކުރާނެ ކަމަށެވެ.