ޑާކް ރެއިން އެންޓަޓައިންމަންޓްގެ 'މަންމަ' މި އަހަރުގެ އޮގަސްޓްގައި ގެނެސްދޭނެކަން އިއުލާންކޮށް، އޭގެ ޝޫޓިން ފަށައިފި އެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ.
'މަންމަ' ގެ ކާސްޓްގައި މަރިޔަމް މަޖުދާ، ޝަރަފް އަބްދުﷲ، އައިމިނަތު ޝުހާ އަދި މުހައްމަދު މަނިކު ފަދަ ތަރުން ހިމެނެ އެވެ.
'މަންމަ' ބެލުންތެރިންނަށް ގެނެސްދޭނީ އޮގަސްޓް 3 ގަ އެވެ.
ޑާކް ރެއިނުން މިދިޔަ އަހަރު ދެ ފިލްމެއް ގެނެސްދިނެވެ. އެއީ 'އަލިފާން' އާއި 'އަލްވަދާއު' އެވެ.