Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ކޮންމެ ހޯމައެއްގައި ރައީސްގެ ނޫސް ކޮންފަރެންސެއް

އަންނަ މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އެކަން ރައީސް ހާމަކުރެއްވީ މިއަދު ދެއްވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވީ ކޮންމެ ހޯމައެއްގައި ބާއްވާ ނޫސް ކޮންފަރެންސް ގަަޑިއެއްހާ އިރަށް ދެމިގެން ދާނެ ކަމަށެވެ.

"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް މިހާތަނަށް ރައީސަކު ބޭއްވި އެންމެ ދިގު ނޫން ކޮންފަރެންސް ބޭއްވި އެވެ. އެކަމަކު އޭގެ ފަހުން ރައީއް ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަ އެވެ.