ޕެންޝަން އޮފީހުގެ ބޯޑުން އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފި އެވެ.
ޕެންޝަން އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުން ކުރިން ވެސް ހަތަރު ބޭފުޅަކު އިސްތިއުފާ ދެއްވާފައި ވަނީ މުޙައްމަދު މާދިން ލަތީފެވެ.
އޭނަ އަކީ ޕެންޝަން އޮފީހުގެ ބޯޑަށް މެއި 13، 2025 ގައި އައްޔަންކުރި ބޭފުޅެކެވެ. އެއީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ.
އޭނާ ބޯޑުން އިސްތިއުފާދެއްވި އިރު، ޕެންޝަން އޮފީހުގެ ސީއީއޯ ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު އެ އިދާރާގެ ޗެއާޕާސަން އަހުމަދު އިނާޒު ވެސް އިސްތިއުފާ ދެއްވި އެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް ހިންގަން އުޅޭ މުއާމަލާތް ވަރަށް ގޯސްކަން ހާމަކުރައްވައި ކުރިން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި މި މަހުގެ 4 ގައި އިސްތިއުފާ ދެއްވި ސީއީއޯ ސުޖާތާ ހަލީމާއި ޗެއާމަންގެ މި މަހުގެ 1 ގައި އިސްތިއުފާ ދެއްވި ޑރ. އަހުމަދު އިނާޒާއިދި މިދިޔަ ނޮވެންބަރު މަހުގެ 9 ގައި އިސްތިއުފާ ދެއްވި ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާގެ އިތުރުން ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް މިދިޔަ އަހަރުގެ އޮކްޓޯބަރު 22 ގައި އިސްތިއުފާ ދެއްވާފައިވެ އެވެ.