Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވައްކަންކޮށްގެން ހިތަދޫ މީހަކު ހައްޔަރަށް

ސަރުކާރު އިމާރާތަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގެ ހައްޔަރުކުރީހިތަދޫ، އޮއިވަރު، ނާޒިލު ހުސައިން، 32، އެވެ.

ފުލުހުން ބުނީ އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ. ފުލުހުން ނާޒިލުގެ މައްޗަށް ކުރަނީ ސަރުކާރުގެ އިމާރާތަކުން ވައްކަން ކުރުމުގެ ތުހުމަތެވެ. އެކަމަކު ވައްކަންކުރީ ސަރުކާރުގެ ކޮން އިމާރާތަކުން ކަމެއް ކޯޓު އަމުރުގައި ބުނެފައެއް ނުވެ އެވެ.

ނާޒިލަކީ ހައްޔަރު ބަންދު ރެކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށް، އޭނަގެ ބަންދު 37 ރެކޯޑް އޮތް ކަމަށް ބުނެފައިވެ އެވެ.