ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދެއްވި އައު މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިިއަދު ހުކުރު ނަމާދަށް މިސްކިތް ހުޅުވައިދެެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
މެއި11, 2023 ގައި ޢަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.