މިއަދުގެ ހުކުރު ނަމާދު ވަގުތު ޕާކިސްތާންގެ މިސްކިތެއްގައި އެއްޗެއް ގޮއްވައިލުމާ ގުޅިގެން 30 އަށް ވުރެ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ވެރިރަށް އިސްލާމްއާބާދުގެ ޝިއީ މިސްކިތެއް ކަމަށްވާ 'ހަދީޖަތުލް ކުބްރާ' ގައި ގޮއްވައިލި ހާދިސާގައި މިހާތަނަށް 31 މީހަކު މަރުވެފައިވާ އިރު، 170 އެެއްހާ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ފުލުހުންނާ ހަވާލާދި މީޑިއާތަކުން މިސްކިތުގައި ގޮއްވައިލީ ޖާނުން ފިދާވެގެން ކަމަށާއި މިކަމާ ގުޅޭ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.
މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެ ފަރުވާ ދެމުން އަންނާތީ އިސްލާމްއާބާދުގެ ބޮޑު ތިން ހޮސްޕިޓަލެއް ވަނީ ކުއްލި ހާލަތަކަށް ގެނެސްފަ އެވެ.