Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް ލޯންޗްކޮށްފި

އެމްޓީސީސީން މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް ލޯންޗްކޮށްފި އެވެ.

ހުޅުމާލޭގައި ކުރިއަށްދާ މެރިން އެކްސްޕޯގައި އެ ލޯންޗްކޮށް ދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

ޔަންމާއާ ގުޅިގެން ލޯންޗްކުރި މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމަކީކަނޑު އުޅަނދުފަހަރު ދުއްވުމުގައި އިންގިލާބީ ބަދަލެއް ގެނުވާނެ ފަދަ ޒަމާނީ ސޮލިއުޝަނެއް ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ ސަބަބުން އުޅަނދުފަހަރު ކޮންޓްރޯލް ކުރުމުގައި ފަސޭހަކަމާއި ލުއިކަން ލިބިގެން ދިއުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، އުޅަނދު ދުއްވާ ފަރާތްތަކަށް ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިގެންދާނެ އެވެ.

އެމްޓީސީސީން ބުނީ މިއީ ރާއްޖޭގެ މާހައުލާއި ކަނޑުތަކާ ގުޅޭ އިތުބާރު ހުރި، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ކަނޑުދަތުރުފަތުރުގެ ހައްލުތައް ފޯރުކޮށް ދިނުމަށް އެމްޓީސީސީން ހޯދި ކުރިއެރުމެއް ކަމަށެވެ.