ސަރުކާރުގެ އައިނު ފިހާރަ މިއަދު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކޮށްފައިވާ މި އައިނު ފިހާރަ އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ހުޅުވާ ތިންވަނަ އައިނު ފިހާރަ އެވެ. އަދި އަތޮޅު ތެރޭގައި ހުޅުވާ އެތަނުގެ ފުރަތަމަ އައިނު ފިހާރަ އެެވެ.
އައްޑޫ އައިނު ފިހާރަ ހުޅުވުމުގެ ތައްޔާރީތައްވާން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް ނިންމާލައި އެތަން ރަސްމީކޮށް ހުޅުވަން ބާއްވާ ރަސްމިއްޔާތު އޮންނާނީ ހަވީރު 4:00 ގަ އެވެ.
މި އައިނު ފިހާރަ ހިންގާނީ އެމްސީޖިީއެޗާއި އޭއީއެޗް ގުޅިގެންނެވެ.
ސަރުކާރުގެ އައިނު އެންމެ ފުރަތަމަ ހުޅުވީ އައިޖީއެމްއެޗްގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ގަ އެވެ. އަދި ދެވަނަ އައިނު ފިހާރަ ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވީ އޮގަސްޓް މަހުގެ 27 ގަ އެވެ.
ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން އޮތީ ނިންމައިފަ އެވެ.