Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

އެޕްސްޓީން ފައިލްސް: ހުޅަނގުގެ މުނާފިގުކަން ފަޅާއެރުން!

​މިދިޔަ ދުވަސްތަކުގައި ފެންމަތިވި އެޕްސްޓީން ފައިލްސް އަކީ ހަމައެކަނި ޖަރީމާތަކެއްގެ ލިސްޓެއް ނޫނެވެ. މިއީ އިސްލާމް ދީނަށާއި މުސްލިމުންނަށް އިނގިލި ދިއްކުރާ މީހުންގެ އަސްލު ސޫރަ ދުނިޔެއަށް ހާމަވެގެންދިޔަ ތާރީޚީ ވަގުތެކެވެ.

ޝައިޚް ޑރ. ޔާސިރު ގާޟީ މިކަމާ ގުޅޭ ގޮތުން ދެއްވި ފުން، ތަފްސީލީ ބަޔާނުގައި ހިމެނޭ މުހިންމު ނުކުތާތައް ތަކުގެ ތެރޭގައި

​1. އަމިއްލަ ނަފްސުގެ ނުބައިކަން އެހެން މީހުންގެ ބޮލުގައި އެޅުވުން

ހުޅަނގުގެ ފަލްސަފާވެރިންނާއި ސިޔާސީ މީހުން އެތައް ޒަމާނެއް ވަންދެން މުސްލިމުން ސިފަކުރަމުން އައީ އަންހެނުންނަށް އަނިޔާކުރާ، ބާލިޣުނުވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ، އަދި އަޚްލާގީ ގޮތުން ދަށް ބައެއްގެ ގޮތުގައެވެ. ނަމަވެސް އެޕްސްޓެއިން ފައިލްތަކުން މިވަނީ އެމީހުންގެ ޙަގީގީ ސިފަ ފެނިފައެވެ.

އެމީހުން މުސްލިމުންގެ ބޮލުގައި އެއަޅުވާ ހުރިހާ ނުބައި ސިފަތަކަކީ ޙަގީގަތުގައި އެމީހުންގެ އަމިއްލަ މުޖުތަމަޢުގެ އެންމެ މަތީ ފަޑީގައި ހިނގަމުންދާ ކަންތައްތަކެވެ. އެމީހުންގެ އެންމެ އިސް ސިޔާސީ މީހުންނާއި، ޢިލްމީ އެކަޑަމިކް މީހުންނާއި، ބިލިޔަނަރުންނާއި، ނުފޫޒު ގަދަ އިންފްލުއެންސަރުން ގެ ޙަގީގީ ސޫރަ ހާމަ ވެއްޖެއެވެ.

​2. އަންހެނުންގެ ކަރާމާތާއި އިސްލާމީ ޝަރީޢަތް

އިސްލާމްދީނަކީ އަންހެނުންގެ ހައްގުތައް ހަނިކުރާ ދީނެއް ކަމަށް ދުނިޔެއަށް ދެއްކުމަށް އެމީހުން މަސައްކަތް ކުރެއެވެ. އެހެނަސް، އެޕްސްޓެއިންގެ މި ބިރުވެރި "ލިސްޓުން" ފެނިގެންދިޔައީ ހުޅަނގުގެ އެންމެ މުއްސަނދި އަދި ބާރުގަދަ މީހުން އަންހެނުންނާއި ކުޑަކުދިން "މުދަލެއްގެ" ގޮތުގައި ވިޔަފާރިކޮށް، އެކަނބަލުންގެ އިންސާނީ ކަރާމާތް ފައިދަށުލައި މޮޑެލި މިންވަރެވެ. އިސްލާމީ ޝަރީއަތަކީ މިފަދަ ޝަހުވަތްތެރި، އަޚްލާގީ ގޮތުން ވެއްޓިފައިވާ މީހުންގެ ކިބައިން އަންހެނުންނާއި މުޅި މުޖުތަމައު ސަލާމަތްކޮށްދޭ އަމާން އައްޑަނައެކެވެ.

​3. "ޕެޑޯފީލިއާ" ގެ ތުހުމަތާއި ހުޅަނގުގެ މުނާފިގުކަން

މުސްލިމުންނަށް މަލާމާތްކޮށް "ޕެޑޯފީލިއާ" ގެ ތުހުމަތު އަޅުވާ މީހުންގެ މޫނުމަތީގައި މިވަނީ ބޮޑު ތަފާލެއް ޖެހިފައެވެ. އެޕްސްޓެއިންގެ ރަށަށް (Little St. James) ޤަވާޢިދުން ޒިޔާރަތްކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އަދި އެކަންކަން ސިއްރުކުރުމުގައި ބައިވެރިވީ ދުނިޔޭގެ "ޑިމޮކްރަސީ" އާއި "ހިއުމަން ރައިޓްސް" ގެ ވާހަކަ ދައްކާ އެންމެ އިސް ލީޑަރުންނެވެ. މިއީ މިއަދުގެ ޒަމާނީ، ތަހުޒީބީ ދުނިޔޭގެ އަނދިރި ފަރާތެވެ.

​4. ޝައިތާނާއަށް އަޅުކަންކުރުމާއި (Satanism) ސިޙުރުގެ އަހުލުވެރި ބައެއް

މިމީހުން ހިންގީ ހަމައެކަނި ޖިންސީ ޖަރީމާތަކެއް ނޫނެވެ. މި ނެޓްވޯކްގެ ތެރޭގައި ޝައިތާނާއަށް އަޅުކަންކުރުމާއި، ސިޙުރުގެ ބިރުވެރި ރިޗުއަލްތައް ހިންގާކަމުގެ ބާރުގަދަ ހެކިތަކާއި އީމެއިލްތައް މިވަނީ ފެންމަތިވެފައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ފަސާދަ އުފެއްދުމަށް ޝައިތާނާއާ އެކު އަތްގުޅާލައިގެން ތިބި ބަޔަކު، އިސްލާމީ ހިދާޔަތާ މެދު ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެއެވެ.

​5. ޒަޔަނިޒަމް، މޮސާޑް އަދި ބްލެކްމެއިލްގެ މަޅި

މި މުޅި ޖަރީމާގެ ފަހަތުގައި އޮތީ ސިޔާސީ ގޮތުން ދުނިޔެ ކޮންޓްރޯލް ކުރުމުގެ ނުބައި ރޭވުމެކެވެ. އެޕްސްޓެއިން މެދުވެރިކޮށް ދުނިޔޭގެ ވެރިންނާއި ނުފޫޒުގަދަ މީހުން ލައްވައި މިފަދަ ނުބައި ކަންތައްތައް ކުރުވައި، އެ މަންޒަރުތައް ރެކޯޑްކޮށް، އެމީހުން ބްލެކްމެއިލް ކުރުމަކީ ޒަޔަނިސްޓް އެޖެންޑާ ކުރިއަށް ނެރުމަށް ބޭނުންކުރާ ހަތިޔާރެކެވެ. ގާޒާގައި މިއަދު ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުތަކާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ފިޔަވަޅެއް އަޅަން ނުކެރި، ބަސްހުއްޓިފައި ތިބެނީ މިފަދަ ނުރައްކާތެރި ބްލެކްމެއިލްތަކުގެ މަޅީގައި ޖެހިފައި ތިބުމުން ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

​ނިންމުން

މިއަދު އަހަރެމެން މުސްލިމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކޮށް، ހުޅަނގުގެ "ލެކްޗަރުތަކަށް" ބޯލަނބާކަށް ނުޖެހެއެވެ. އެމީހުން އެވަނީ ފަޟީޙަތްވެ ނިމިފައެވެ. އިސްލާމްދީނަކީ ޙަގީގީ އިންޞާފާއި، މަތިވެރި އަޚްލާގާއި، އިންސާނީ ކަރާމާތް ރައްކާތެރިކޮށްދޭ ހަމައެކަނި މަގެވެ. الله عَزَّ وَجَلَّ މިވަނީ ބާޠިލުގެ އަހުލުވެރިންގެ މުނާފިގުކަން މުޅި ދުނިޔެއަށް ބޭޒާރު ކުރައްވާފަ އެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.